About Us ތަޢާރަފް

ދަގަތަ ޕަބްލިޝާރސް އުފެދިފައިވަނީ 5 މެއި 2003 ގައެވެ. މި މުއައްސަސާ އުފެދިފައިވަނީ ކުޑަކުދިންނަށް ދިވެހިބަހުން އެކުލަވާލާފައިވާ ފޮތްތައް މަދުކަން ފާހަގަކުރައްވައި، އެކަށީގެންވާ ފެންވަރެއްގައި ކުޑަކުދިންގެ ފޮތްތައް އެކުލަވާލާ ފަރާތްތަކަށް ސަރުކާރުން ޚާއްސަ އިނާމު ދެއްވާނެ ކަމަށް އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމު ގޮވާލެއްވުމުން، މި މުއައްސަސާގެ ބާނީ ޢަބްދުއްރައްޒާޤް ޢަލީ އެކުލަވާލެއްވި ފޮތްތައް ޝާއިޢުކުރުމަށެވެ. މިހާރު ދަގަތަ ޕަބްލިޝާރސްއަކީ ކިޔުންތެރިންނަށް އެންމެ ބޭނުންތެރި ހުރިހާ ދާއިރާއެއްގެ ފޮތްތައް ޝާއިޢުކުރާ ކިޔުންތެރިންނާއި، ލިޔުންތެރިންގެ އެންމެ މަޤްބޫލު ޕަބްލިޝަރެވެ. މި މުއައްސަސާގެ ބާނީ ޢަބްދުއްރައްޒާޤް ޢަލީގެ އުފެއްދުންތަކަށް ސަރުކާރުގެ ޚާއްސަ އިނާމު މިހާތަނަށް 3 ފަހަރަށް ލިބިފައިވެއެވެ. އަދި ސްވިޑްންގެ ނެޝަނަލް ލައިބްރަރީގެ ފަރާތުން (ދުނިޔޭގެ އެންމެ މަޝްހޫރު ލިޔުންތެރިންގެ ފޮތްތައް ހިމަނައިގެން) ބާއްވާ އަހަރުގެ އެންމެމޮޅު ފޮތް ހޮވުމުގެ މުބާރާތަށް (2010 ވަނަ އަހަރާއި 2011 ވަނަ އަހަރު) ޢަބްދުއްރައްޒާޤް ޢަލީ ލިޔުއްވާފައިވާ 2 ފޮތެއް ނޮމިނޭޓް ވެފައި ވެއެވެ.